
nature2-4 years1 chapter
ވިއްސާރަ ދުވަހެއް
A girl who loves rain and wants to enjoy everybit of rain and an adventure that happens in a rainy day
by Aishath Shaima

ބާބު 1
ވާރޭގެ އުފާ
ވާރޭ ވެހެނީއެވެ. ޓިޕް، ޓެޕް، ޓިޕް!
ކުޑަކުޑަ އައިނާ ހުރީ ވަރަށް އުފަލުންނެވެ. އައިނާ ވާރެޔާ ވަރަށް ގަޔާވެއެވެ.
އައިނާ ރީނދޫ ކޯޓު ލައިފިއެވެ. ރަތް ބޫޓަށް އެރިއެވެ.
އައިނާ ބޭރަށް ނުކުތެވެ.
"ޕްލެޝް! ޕްލެޝް! ޕްލެޝް!" އައިނާ ފެންގަނޑަށް ކުއްޕައިފިއެވެ.
އެވަގުތު އައިނާއަށް ކުޑަކުޑަ ގޮއްޕެއް ފެނުނެވެ.
ގޮއްޕުވެސް ކުއްޕަނީއެވެ. "ހޮޕް! ހޮޕް! ހޮޕް!"
އައިނާ ބޮޑު ކޮޅިފަތެއް ގޮއްޕަށް ދިނެވެ. ގޮއްޕު ފަތުގެ ދަށުގައި ނިވާވިއެވެ.
ދެ އެކުވެރިން އެކުގައި ވާރޭގައި ކުޅުނެވެ.
ވިއްސާރަ ދުވަސް ވަރަށް އުފާވެރިއެވެ!
The end.