
ދޮގުވެތި ކުއްތާ
A dog whom lies to a swan and gets consequenses

ބާބު 1
ދޮގުގެ ނަތީޖާ
އަލިގަދަ ރީތި ފެންގަނޑެއްގެ ކައިރީގައި "ކާލޯ" ނަމަކަށް ކިޔާ ދޮގުހަދާ ކުއްތާއެއް އުޅުނެވެ. ކާލޯއަކީ ވަރަށް ކަންނެތް، އަދި އެހެން ސޫފާސޫފިތަކަށް އޮޅުވާލައިގެން ކާނާ ހޯދަން އުޅޭ މަކަރުވެރި ކުއްތާއެކެވެ. މިއާ ޚިލާފަށް، އެ ފެންގަނޑުގައި އުޅޭ "ސިލްވާ" ނަމަކަށް ކިޔާ ހަންސައަކީ ވަރަށް އެކުވެރި، އޯގާތެރި އަދި އެހެން އެއްޗެއްސަށް އެހީތެރިވާ ހަންސައެކެވެ.
އެއްދުވަހަކު، ކާލޯއަށް ސިލްވާ ފެންގަނޑުން މީރު މަސް ހިފާތަން ފެނުނެވެ. އަމިއްލައަށް މަސް ހިފުމުގެ ބަދަލުގައި، އޮޅުވާލައިގެން މަސް ހޯދުމަށް ކާލޯ ގަސްދުކުރިއެވެ. ކާލޯ ރޯކަމަށް ހަދާފައި ސިލްވާގެ ކައިރިއަށް ގޮސް ބުންޏެވެ. "އޭ ސިލްވާ! އަހަރެންގެ ފަގީރު މާމަ ވަރަށް ބަލިވެއުޅޭ. މާމައަށް ކާންދޭނެ އެއްޗެއް ނެތިގެން މި އުޅެނީ. މާމަ ސަލާމަތްކުރުމަށްޓަކައި އަހަރެންނަށް މަސްކޮޅެއް ދީބަލަ!"
ސިލްވާ ކާލޯގެ ދޮގު ގަބޫލުކޮށް، ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް މަސް ހިފައިގެން ކާލޯއަށް ދެއެވެ. ނަމަވެސް ކާލޯ އެ މަސްތައް ކަނީ އަމިއްލައަށެވެ. އަދި ޖަންގަލީގެ އެހެން ސޫފާސޫފިތަކުގެ ކުރިމަތީގައި ސިލްވާއަށް އޮޅުވާލެވުނު ކަމަށްބުނެ ސަމާސާކޮށް މަލާމާތްކުރެއެވެ.
އެއްދުވަހަކު، ގަސްބޮނޑިއެއްގެ ނިވާފަހަތުގައި އިނދެ ކާލޯ މިހެން ކިޔައިގެން މަލާމާތްކުރަނިކޮށް ސިލްވާއަށް އަޑުއިވުނެވެ. ކާލޯގެ ދޮގުވެތިކަން އެނގުމުން ސިލްވާ ވަރަށް ދެރަވިއެވެ. އަދި ކާލޯއަށް ރަނގަޅު ފިލާވަޅެއް ދިނުމަށް ނިންމިއެވެ.
ޖެހިގެން އައި ދުވަހު، ސިލްވާ ކާލޯ ކައިރިއަށް ގޮސް ބުންޏެވެ. "ކާލޯ! ފެންގަނޑުގެ މެދުގައިވާ ކުޑަ ރަށުގައި ވަރަށް ބޮޑު ކުކުޅު ކަށިގަނޑެއް އެބައޮތެވެ. އަހަރެން ކާލޯ އެ ރަށަށް ގެންގޮސްދީފާނަން." ކާލޯ އުފަލުން ގޮސް ސިލްވާގެ ބުރަކަށި މައްޗަށް އަރައި އިށީނެވެ.
ސިލްވާ ކާލޯ ގޮވައިގެން ގޮސް އެ ކުޑަ ރަށަށް ބޭލިއެވެ. އެއަށްފަހު ސިލްވާ ބުންޏެވެ. "ކާލޯއެވެ! މިރަށުގައި އެއްވެސް ކަށިގަނޑެއް ނެތެވެ. އަދި ތިޔައީ ދޮގުހަދާ މަކަރުވެރިއެއްކަން އަހަރެންނަށް އެނގިއްޖެއެވެ." މިއާއެކު ސިލްވާ ފިޔަފޮޅާލާފައި އުދުއްސައިގަތެވެ.
ކާލޯ އެ ފެންގަނޑުގެ މެދުގައިވާ ކުޑަ ރަށުގައި އެކަނިވިއެވެ. ސިލްވާގެ އިތުބާރު ގެއްލުމުގެ ސަބަބުން ކާލޯއަށް އެހީތެރިވާނެ އެއްވެސް ފަރާތެއް ނުވި މެއެވެ. އެ ދުވަހުން ފެށިގެން، ދޮގުހެދުމަކީ އެކުވެރިން ގެއްލި، އަމިއްލަ ނަފްސަށް ލިބޭ ބޮޑު ނިކަމެތިކަމެއްކަން ކާލޯއަށް ވިސްނުނެވެ.
The end.